ބަންގަލްދޭޝް އަސްކަރިއްޔާގެ ބޯޓުގައި 71 ދިވެހިންނާއި 10 މެޑިކަލް ޑޮކްޓަރުން!
ނޭޕާލްއާއި ބަންގްލަދޭޝްގައި ކިޔަވަން ތިބި 71 ދިވެހި ދަރިވަރުންގެ އިތުރުން ބަންގްލަދޭޝްގެ 10 މެޑިކަލް ޑޮކްޓަރުންގެ ޓީމެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ. ފޮރިން މިނިސްޓްރީން ބުނީ ނޭޕާލާއި ބަންގްލަދޭޝްގައި ތިބި ދިވެހިން މިއަދު ގެނައީ ބަންގަލްދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގައި ކަމަށާއި އެގޮތުން ބަންގަލްދޭޝްގައި ތިބި 53 ދިވެހިންނާއި، ނޭޕާލުގައި ތިބި 18 ދިވެހިންގެ ގެނެސްފައިވާ ކަމަށެވެ. https://twitter.com/MoFAmv/status/1252234664997052422?s=19 ދިވެހިންގެ އިތުރުން ކޯވިޑް-19 ގެ ހާލަތުން އަރައި ގަތުމަށް...