ތަކަންދޫގައި ކުއްލި ހާލަތު އިޢުލާން ކޮށްފި
ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ މޮނިޓަރިންގ ހާލަތަށް ގެނެސްފައިވާތީ ތަކަންދޫގައި ކުއްލި ހާލަތު އިޢުލާންކޮށް މިހާލަތުގައި ރައްޔިތުން ޢަމަލުކުރަންވީގޮތް އެރަށު ކައުންސިލްގެ އިދާރާއިން އަންގައިފިއެވެ. އެކައުންސިލުން ނެރުނު އާންމު އިޢުލާނެއްގައި ބުނެފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ އިޚްތިޔާރުތަކުގެ ތެރެއިން، އެރަށަށް ދަތުރުކޮށްފައިވާ އުޅަނދެއްގައި ހުރި މީހެއްގެ ކިބައިން ކޮވިޑް 19 އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ފެނުމާއި ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހ...