Quarterly Digital Edition

THILADHUN

Culture · Horizons · Long-Form Journalism

ޕޮޒިޓިވް ނުވާ ކުއްޖެއް ކަރަންޓީނަށް ގެންދިޔުމުން ތަކަންދޫއަށް އިތުރު ހާސްކަމަކަށް
Cover Story · Feature Essay

ޕޮޒިޓިވް ނުވާ ކުއްޖެއް ކަރަންޓީނަށް ގެންދިޔުމުން ތަކަންދޫއަށް އިތުރު ހާސްކަމަކަށް

ހއ. ތަކަންދޫން ކޯވިޑަށް ޕޮޒިޓިވްވި 3 މީހުން ކަރަންޓީނަށް ގެންދިޔަ އިރު އޭގެ ތެރޭގައި ނެގެޓިވްވި ކުއްޖަކު ކަރަންޓީނަށް ގެންދެވިއްޖެ ކަން އެނގުމުން ތަކަންދޫއަށް އިތުރު ހާސްކަމަށް ވެރިވެއްޖެއެވެ. ތަކަންދޫން ކޯވިޑަށް ޕޮޒިޓިވްވުމުން އެއަތޮޅު ދޮނަކުޅީގައި ތަރައްގީ ކޮށްފައިވާ ކަރަންޓީނު ފެސިލިޓީއަށް ގެންދިޔައީ 37 އަހަރުގެ އަންހެނަކާއި 29 އަހަރުގެ އަންހެނަކާއި އޭނާގެ ފަސް އަހަރުގެ ފިރިހެން ދަރިފުޅެކެވެ. ތަކަންދޫ ކައުންސިލްގެ ނައިބު ރައީސާ އައިޝަތު އާސިފާ މިނޫހަށް ވިދާޅުވީ ކޯވިޑަށް ޕޮޒިޓިވްވީ އަންހެން ކު...

Selected Essays & Island Profiles

ޕޮޒިޓިވް ނުވާ ކުއްޖެއް ކަރަންޓީނަށް ގެންދިޔުމުން ތަކަންދޫއަށް އިތުރު ހާސްކަމަކަށް
Thiladhunmathi News

ޗައިނާއިން ގިނަ އަދަދެއްގެ ސިއްހީ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފި
Raajje

ޗައިނާއިން ގިނަ އަދަދެއްގެ ސިއްހީ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖެއިން ބޭނުންވާނެ ގިނަ ސިއްހީ އެހީގެ ސާމާނު ޗައިނާގެ ފަރާތުން ފޯރުކޮށްދީފިއެވެ. މި އެހީގެ ސާމާނުތައް ދިވެހިރާއްޖެއަށް އައިސްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖެއްސި ޚާއްސަ ޗާޓަރ ފްލައިޓެއްގައެވެ. މި ފްލައިޓްގައި އެހީގެ ތަކެތި ފޯރުކޮށްދީފައިވަނީ ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މާލޭގެ ސިސްޓަރ ސިޓީ ކަމުގައިވާ ގުއަންގްޒީ ޝުއަންގ އޮޓޮނޮމަސް ރީޖަންގެ ސަރުކާރު، އަލީބާބާ ފައުންޑޭޝަން، ވާވެއި އަދި ދިވެހިރާއްޖޭގައި ހަރަކާތްތ...

ކޯވިޑް19: އިތުރު 23 މީހަކު ޕޮޒިޓިވްވެ ޖުމްލަ 514 އަށް
Raajje

ކޯވިޑް19: އިތުރު 23 މީހަކު ޕޮޒިޓިވްވެ ޖުމްލަ 514 އަށް

ރާއްޖެއިން އިތުރު 23 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މީގެ ތެރޭގަިއ ހިމެނެނީ 17 ދިވެހިންނާއި ބަންގްލަދޭޝްގެ 4 މީހަކާއި އިންޑިއާގެ މީހަކާއި ނޭޕާލްގެ މީހެކެވެ. މިއާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 514އަށް އިތުރުވެފައެވެ. ރާއްޖެއިން މިހާތަނަށް 514 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 17 މީހެއް ބަލިން ރަނގަޅިވެފައި ވާއިރު، އެކަކު ވަނީ ނިޔާވެފައެވެ. މިހާރު ރާއްޖޭގައި ފަރުވާދެމުން ދަނީ 494 މީހަކަށްށެވެ. އޭގެތެރެއިން 6 […]

ރޮއްވާލައިފި: ހަނގުރާމައަށް ނިކުންނަނީ މަރުވާނެކަން އެނގިހުރެ
Column

ރޮއްވާލައިފި: ހަނގުރާމައަށް ނިކުންނަނީ މަރުވާނެކަން އެނގިހުރެ

މިއީ ކޯވިޑު-19 އަށް ފައްސިވެފައިވާ ސިފައިންގެ ބޭކަލަކު މީސް މީޑިއާގައި ކުރައްވާފައިވާ ޕޯސްޓެކެވެ. އެއީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެކެވެ. އެކީގައި އެއް ޔުނިޓެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނު އަޚުލާޤާއި ސުލޫކު ވަރަށް ރަނގަޅު ބޭކަލެކެވެ. ބަރާބަރަށް ނަމާދުކޮށް އުޅޭ މަޑުމައިތިރި ބޭކަލެކެވެ. މަސައްކަތަށް އަބަދުވެސް އިސްކަންދޭ ތެދުވެރި ވަފާތެރިއެކެވެ. އެ ޕޯސްޓުގައި އޭނާ ލިޔެފައި ވެއެވެ. “އަޅުގަނޑު ހަނގުރާމައަށް ނިކުންނަނީ މަރުވާނެކަން އެނގިހުރެއެވެ. އިސްލާމުދީނާއި މި ލޮބުވެތި ވަޠަނުގެ ޙަ...

ދިއްދޫ މޮނިޓަރިންގ ހާލަތުން ނަގައިފި
Thiladhunmathi News

ދިއްދޫ މޮނިޓަރިންގ ހާލަތުން ނަގައިފި

ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން ހއ. ދިއްދޫ މޮނިޓަރިންގ ހާލަތަށްލާފައި އޮތުމަށް ފަހު މިއަދު އެރަށް އެ ހާލަތުން ނަގާފައިވާ ކަން އެޗްޕީއޭއިން އެރަށަށް އަންގައިފިއެވެ. އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތަށް ގެނައީ ހުސްވި އޭޕްރިލްމަހުގެ 25 ވަނަ ދުވަހުއެވެ. އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތުން ނެގިނަމަވެސް އެޗްޕީއޭއިން ކައުންސިލްތަކަށް ދީފައިވާ ބާރުގެ ދަށުން ދިއްދޫގައި ކޮށްފައިވާ ފުރަބަންދުގެ މުއްދަތު އިއްޔެ އެރަށުން ވަނީ އިތުރުކޮށްފައެވެ. ހއ. ދިއްދޫ ކޯވިޑް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު...

ރައްކާތެރި ކަމުގެ އާލާތް ރަށުން ލިބެން ނެތުމުން ނަރުދޫ ކަންބޮޑުވެފައި
Thiladhunmathi News

ރައްކާތެރި ކަމުގެ އާލާތް ރަށުން ލިބެން ނެތުމުން ނަރުދޫ ކަންބޮޑުވެފައި

ކޯވިޑް-19 އަށް މިހާރު ދިހަ މީހުން ޕޮޒިޓިވް ވެފައިވާ ށ. ނަރުދޫން ރައްކާތެރި ކަމަށް ބޭނުން ކުރާނެ އާލާތް ލިބެން ނެތުމުން އެރަށުގެ ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އެބަދެއެވެ. ނަރުދޫގެ ހާލަތާއިމެދު ކަންބޮޑުވާ ބައެއް މީހުން ބުނެފައިވަނީީ އިތުރު ދެ މީހުން އެރަށުގައި ކޯވިޑަށް ޕޮޒިޓިވްވެ ބަލި ޖެހުނު މީހުންގެ ޢަދަދު 10 އަށް އަރާފައިވާއިރު، ކޮންޓެކްޓް ޓްރޭސިން ވަރަށް ބޮޑުވެފައިވާ ކަމަށާއި، ރައްޔިތުންގެ ހާސްކަން ވަރަށް ބޮޑުކަމަށެވެ. ރަށުގެ ހުރިހަމައެކަނި ޑޮކްޓަރާއި، އެރަށުގެ ދެ […]

އެމެރިކާއިން ރާއްޖެއަށް ދެ މިލިއަން ޑޮލަރު އެހީއެއް!
Raajje

އެމެރިކާއިން ރާއްޖެއަށް ދެ މިލިއަން ޑޮލަރު އެހީއެއް!

އެމެރިކާއިން ރާއްޖެއަށް ދެ މިލިއަން ޑޮލަރު ނުވަތަ 31 މިލިއަން ރުފިޔާގެ އެހީއެއް ދީފި އެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމެރިކާއިން އިކޮނޮމިކް ސަޕޯޓް ފަންޑިއެއްގެ ގޮތުގައި ރާއްޖެއަށް 2 މިލިއަން ޑޮލަރުގެ އެހީއެއް ދިންކަން ހާމަކުރައްވައިފައެވެ. އެކަމަށްޓަކައި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ އަށާއި، އެމެރިކާއިން ސްރީލަންކާ އަދި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޓްސްއަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ. Thank Secretary @...

މިލަންދޫން ނެގި 7 ސާމްޕަލެއްގެ ނަތީޖާ ލިބިއްޖެ
Thiladhunmathi News

މިލަންދޫން ނެގި 7 ސާމްޕަލެއްގެ ނަތީޖާ ލިބިއްޖެ

ށ. މިލަންދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްވި 8 މީހުންގެ ތެރެއިން 7 މީހުންގެ ސާމްޕަލްގެ ނަތީޖާ ލިބިފައިވާ ކަމަށް މިލަންދޫ ހެލްތު ސެންޓަރުން ބުނެފިއެވެ. އެ 7 މީހުންގެ ނަތީޖާވެސް ނެގެޓިވު ވެފައިވާ ކަމަށާއި، ބާކީ ނަތީޖާ ނުލިބޭ މީހާގެ ނަތީޖާ ނެގެޓިވު ވުމަކީ އެ މަރުކަޒާއި މިލަންދޫ ރައްޔިތުންގެ ދުޢާ ކަމަށް މިލަންދޫ ސިއްޙީމަރުކަޒުން ވަނީ ބުނެފައެވެ. އެރަށުން ކޯވިޑް-19 އަށް ޕޮޒިޓިވްވީ އެ އަތޮޅު ނަރުދޫ އަމާޒު ބޯޓުން އެ […]

”ޖެކް މާ އާއި ޗައިނާގެ އެހީގެ ދަތުރު ރާއްޖެއަށް ފަށައިފި“
Raajje

”ޖެކް މާ އާއި ޗައިނާގެ އެހީގެ ދަތުރު ރާއްޖެއަށް ފަށައިފި“

މަޝްހޫރު އޮންލައިން ބިޒްނަސް ޗެއިން އަލީބާބާގެ ފައުންޑަރު ޖެކް މާ އާއި ޗައިނާގެ އެކި ފަރާތްތަކުން ކޯވިޑް-19އާ ގުޅިގެން ރާއްޖެ އަށް ފޯރުކޮށްދޭ އެހީތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު މިއަދު ވިދާޅުވެއްޖެ އެވެ. ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ  ރާއްޖެ އަށް އެހީވާން ނިންމާފައިވާކަން ޖެކް މާ ހާމަކުރެއްވުމާ އެކު، އެ ތަކެތި ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ސަފީރު ވިދާޅުވި […]