ކޯވިޑް-19: ށ އަތޮޅުން 22 ސާމްޕަލް ނަގައިފި
ކޯވިޑް-19 އަށް ޓެސްޓު ކުރުމަށްޓަކައި، ށ. އަތޮޅުން އިތުރު 22 ސާމްޕަލް ނަގައިފިއެވެ. ށ. އަތޮޅު ހޮސްޕިޓަލްގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ ކޯވިޑަށް ޓެސްޓް ކުރުމަށްޓަކައި، އެ އަތޮޅުން ނެގި 22 ސާމްޕަލާއި އެކު އެއަތޮޅު ފުނަދޫން ސީ އެމްބިއުލެންސް ފުރާފައިވާ ކަމަށެވެ. ށ. އަތޮޅު ހޮސްޕިޓަލުން ބުނެފައިވާ ގޮތުން އެ 22 ސާމްޕަލްގެ ތެރޭގައި ހިމެނެނީ ނަރުދޫން 13 މީހެއްގެ ސާމްޕަލާއި، މިލަންދޫ 8 މީހެއްގެ ސާމްޕަލާއި އަދި ކަނޑިތީމު މީހެއްގެ ސާމްޕަލެކެވެ. https://www.facebook.com/468880206535132/posts/2920241288065...