އާބާދީގައި 1000 ހަމަވާ ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ރާއީ ގޮވާލައިފި
ހދ. އަތޮޅުގެ ރައްޔިތުން ކުޅުދުއްފުށީ އޭޓީއެމް ބޭނުންކުރުމަށް ހދ އަތޮޅު ކައުންސިލުން ހަމަޖައްސާފައިވާ އުސޫލާއި ގުޅިގެން އަތޮޅުގެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ މިދަނޑިވަޅުގައި އާބާދީގައި ހާހަކުންމަތީ ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާޢީ ގޮވާލައިފިއެވެ. އަތޮޅުތެރޭ އޭޓީއެމް ނެތް ރަށްރަށުގެ ރައްޔިތުންނަށް ކުޅުދުއްފުށީގައި ހުރި އޭޓީއެމްގެ ޚިދުމަތް ބޭނުންހިފުމަށް ކުރާދަތުރުތަކުގައި އަމަލުކުރާނެ އުސޫލާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވ...