ފްލައިޓްތަކުގައި އަލްކަހޯލް ވިއްކާކަމަށް ބުނެ ފަތުރަނީ ދޮގެއް: މޯލްޑިވިއަން
އެކުންފުނީގެ ފްލައިޓްތަކުގައި އަލްކަހޯލް ވިއްކާކަމަށް ފަތުރާ ވާހަކަ ގައުމީ އެއާލައިން، މޯލްޑިވިއަނުން މިއަދު ދޮގުކޮށްފިއެވެ. މޯލްޑިވިއަންގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކުގައި ފަތުރުވެރިންނަށް އަމާޒުކޮށްގެން އޯލް އިންކްލޫސިވް ޚިދުމަތް ތަޢާރަފުކުރަން އުޅޭކަމަށް ބުނެ މީސްމީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ވާހަކަ ފަތުރާފައެވެ. މޯލްޑިވިއަން އިން މިކަން ދޮގުކޮށްފައި ވަނީ މިއަދު އެ ކުންފުނިން ނެރުނު ރަސްމީ ބަޔާނެއްގައެވެ. އެ ބަޔާނުގައި އެ ކުންފުނިން ބުނީ، އެކުންފުނީގެ ފްލައިޓްތަކުގައި އަލ...