ގަލޮޅު ދަނޑަށް ސަޕޯޓަރުން ނުވަންނަ މައްސަލާގައި މަޚްލޫފް ދެއްވި ޖަވާބަށް ފިއްޓޭގެ ނުރުހުން
ގަލޮޅު ދަނޑަށް ސަޕޯޓަރުން ނުވަންނަ މައްސަލައިގައި، ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފް ދެއްވި ޖަވާބާއިމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ނުރުހުން ފާޅު ކުރަށްވައިފިއެވެ. މިއަދު އޮތް މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 30 ވަނަ ޖަލްސާގެ ސުވާލު ކުރުމުގެ ވަގުތުގައި ގަލޮޅު ދަނޑަށް ސަޕޯޓަރުން ނުވަންނަ މައްސަލައިގައި، ޔޫތު މިނިސްޓަރު މަޚްލޫފް ދެއްވި ޖަވާބަކާއި ގުޅިގެން މެމްބަރު ޒިޔާދު ވިދާޅުވީ ވަޒީރުގެ ޖަވާބާއި ކުޑަކޮށް ތަފާތު ވާތީ، […]