މެރިޓައިމް އިންޑަސްޓްރީގެ ފަރާތުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކާގުޅޭ ރިޕޯޓު ފާސްކޮށްފި
މެރިޓައިމް އިންޑަސްޓްރީގެ ފަރާތުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން ހުށައަޅާފައިވާ ގަރާރާއި ގުޅޭ ކޮމިޓީ ރިޕޯޓު ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މުޅިމަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ. މި ގަރާރު ދިރާސާކޮށް މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން އެކުލަވާލި ރިޕޯޓު ފާސްކުރީ 58 މެމްބަރުންގެ ވޯޓުންނެވެ. މި ގަރާރު މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހު މަޖިލީހަށް ހުށައަޅުއްވާދެއްވާފައިވަނީ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ އެވެ. މެރިޓައިމް އިންޑަސްޓްރީގެ ފަ...