ހައިޟުވުމުން 1 ދުވަހުގެ ޗުއްޓީ ލިބޭ އިސްލާހަށް ޕީޖީ ގްރޫޕްގެ ތާއީދެއް ނުލިބުނު
ހައިޟުވުމާ ގުޅިގެން 1 ދުވަހުގެ ޗުއްޓީއެއް ދޭން ލާޒިމްކޮށް ވަޒީފާއާބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހެޅުއްވި އިސްލާޙަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ތާއީދެއް ނުލިބުނެވެ. އެ އިސްލާހް ކުރިއަށް ގެންދިއުމާއި މެދު ރޭ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ތެރޭގައި ވަނީ ވޯޓަށް އަހައިފަ އެވެ. ނަމަވެސް އެ އިސްލާހް ކުރިއަށް ގެންދާ ވަރަކަށް ޕީޖީގްރޫޕްގެ ތާއީދެއް ލިބިފައެއް ނުވެއެވެ. އެކަން ވަނީ އެމްޑީޕީ ޕީޖީ ގްރޫޕްގެ މެމްބަރަކު ކަށަވަރު ކޮށްދެއްވާފައެވެ. ސިރާޖް ހުށަހެޅުއ...