މެދު ކެނޑުމެން ނެތި ގައިދީންނަށް އަންނައުނު ފޮނުވޭނެ: ކޮމިޝަނަރ
ގައިދީންނަށް ފޮނުވާ އަންނައުނު ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީސް މެދުވެރިކޮށް ފޮނުވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށާއި، މިހާރު މެދު ކެނޑުމެން ނެތި ގައިދީންނަށް އަންނައުނު ފޮނުވޭނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައިދީންނަށް އާއިލާއިން އަންނައުނު ފޮނުވުން މެދު ކެނޑުމެއް ނެތި ކުރިއަށް ގެންދިއުމުގެ ގޮތުން މާލޭ ޖަލުން ކުރަމުންދިޔަ މަސައްކަތް މިއަދުން ފެށިގެންވަނީ ހެޑުއޮފީހަށް ބަދަލު ކުރެވިފައިވާ ކަމަށެވެ. މިބަދަލ...