އިންޑިޔާގެ ކުރީގެ ރައީސް ޕްރަނާބް މުކަރްޖީ އަވަހާރަވެއްޖެ
އިންޑިޔާގެ ރައީސްކަން 2012 ވަނަ އަހަރުން 2017ވަނަ އަހަރަށް ކުރެއްވި އިންޑިޔާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ އަވަހާރަވެއްޖެއެވެ. ޕްރަނާބް މުކަރްޖީ އަވަހާރަވެފައިވާކަން އޭނާގެ ދަރިކަލުން އަބިޖީތު މުކަރުޖީވަނީ ޓްވިޓަރ މެދުވެރިކޮށް ހާމަކުރައްވާފައެވެ. ޕުރަނާބު މުކަރުޖީ އަވަހާރަވީ އޮގަސްޓު މަހުގެ 10ވަނަ ދުވަހުން ފެށިގެން ހަސްފަތާލުގައި ފަރުވާދަމުން ދަނިކޮށެވެ. ހަސްފަތާލުގައި އެނދުމަތިކޮށްފައިވަނީ ޞިއްޙީ ޙާލުކޮޅު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެންނެވެ. ހަސްފަތާލުގައި ކުރި ތަހުލީލުތަކުން ސިކުނޑީގައި ލ...