ދޫދިނުމަށް ޕްރެޝަރު ނުކުރައްވާ! ސިއްހީ މާހިރުންނަށް އެކަން ދޫކޮށްލައްވާ!
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅަންޖެހިފައި ވަނީ ހަރުކަށި ފިޔަވަޅުތަކެކެވެ. ކުރިމަތިލާންޖެހިފައި ވަނީ، އާއްމު ދިރިއުޅުން އެފުށް މިފުށަށް ޖަހާލާ ފަދަ އުނދަގޫ ކަންތައްތަކަކާ އެވެ. އެކަމަކު، އެއީ ހާލަތު ނިޔާކުރި ގޮތުން ކަންކަން ކުރަންޖެހިފައިވާ ގޮތެވެ. އެ ނޫން، އެ އަށް ވުރެ ވަކި މޮޅު ގޮތެއް ނެތެވެ. ގިނަ ގައުމުތަކުގައި އެޅި ލޮކްޑައުންގެ ފިޔަވަޅުތައް ލުއިކުރަން ފެށުމުގެ މާ ކުރިން، އެކަމުގެ ނަތީޖާއާ ބެހޭ ގޮތުން ސިއްހީ މާހިރުން ވަނީ ވާހަކަ ދައްކަވާފަ އެވެ. […]