277 މީހަކު ގާނޫނީ ވަކީލުކަމުގެ ހުވާ ކޮށްފި
ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހަށް ފަހު ބާ ކައުންސިލުން ބޭއްވި ހާއްސަ ތަމްރީން ފުރިހަމަ ކުރި 277 މީހަކު ގާނޫނީ ވަކީލުކަމުގެ ހުވާ ކޮށްފި އެވެ. އަލަށް ހުވާކުރި ގާނޫނީ ވަކީލުން ވަކީލުކަމުގެ ހުވާކުރުން އޮތީ އިއްޔެ ހަވީރު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެވެ. މި ރަސްމިއްޔާތުގައި ވަކީލުންނަށް ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. އެ ރަސްމިއްޔާތުގައި ވަނީ ރާއްޖޭގެ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންވެސް ބައިވެރިވެވަޑައިގެން އަލަށް ހުވާކުރެއްވި ވަކީލުންނާ...