ކުޅުދުއްފުށީގައި ހައިޑްރޯޕޯނިކްސް އާއި ވަރޓިކަލް ފާމިންގެ ތަމްރީނެއް
ކުޅުދުއްފުށި ސިޓީގެ ގޭބިސީތަކުގައި އަމިއްލައަށް ދަނޑުވެރިކަން ކުރަން ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން، ހައިޑްރޯޕޯނިކްސް އާއި ވަރޓިކަލް ފާމިންގ ދަސްކޮށްދޭ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައި، އޭގެ ފުރަތަމަ މަރުހަލާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މި ތަމްރީނު ޕްރޮގްރާމަކީ ޖުމްލަ ތިން މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ރަށުގެ ރައްޔިތުންނަށް އަމިއްލަ ގޭބިސީތަކުގައި ދަނޑުވެރި...