ވެމްކޯއިން ދިއްދޫގެ ކުނިކޮށި ސާފުކުރަން ފަށައިފި
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ފަރާތުން ހއ ދިއްދޫގެ ކުނިކޮށި ސާފުކުރުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ. ދިއްދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޙާޝިމް ވިދާޅުވީ ދިއްދޫގެ ކުނި ކޮއްޓާއި ފުލެޓް ސަރަހައްދުގައި ޒަމާންތަކެއް ވަންދެން ޖަމާވެފައިހުރި ކުނިތައް ނަގާ ސާފުކުރުމުގެ މަސައްކަތް ވެމްކޯގެ އެހީތެެރިކަމާއި އެކު ވަރަށް ބާރަށް ފެށިގެން ކުރިއަށް ދާކަމަށެވެ. ހާޝިމް ވިދާޅުވީ ކުނީގެ މައްސަލައަކީ ރައްޔިތުންނަށް ދިމާވެފައިވާ ވަރަށް ބޮޑު ދައްޗެއް ކަމަށެވެ. ކުނިތައް ނަގާ ސާފުކުރުމާއި އެކު ރައްޔ...