މަކުނުދޫގައި ހަފުތާ ބަންދުގައި ތިން ދަރުސެއް ބާއްވަނީ
ހދ. މަކުނުދޫގައި ދަރުމައަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެއް ކަމަށްވާ މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)އިން މި ހަފުތާ ބަންދުގައި މަކުނުދޫގައި ތިން ދީނީ ދަރުސެއް ބާއްވަން ނިންމައިފިއެވެ. މިގޮތުން އެރަށުގައި ބާއްވާ ފުރަތަމަ ދަރުސް މާދަމާ އަސުރުނަމާދަށްފަހު އެރަށުގެ މަސްޖިދުއް ޞިއްދީޤުގައި ބާއްވަން ވަނީ ހަމަޖެހިފައެވެ. މި ދަރުސްގެ މައުޟޫއަކީ ”މުއުމިނުންގެ ސިފަތައް” އެވެ. ދެވަނަ ދަރުސް އަމާޒުކޮށްފައި ވަނީ އެރަށުގެ އެންމެހާ ރައްޔިތުންނަށެވެ. ”ހުރިހާ ނުބައިކަމެއްގެ މަންމަ” މި މައުޟޫއަށް ކުރިއަށްގެ...