ފިއްލަދޫ ބޭރުގައި އާ ކަނދުފައްޗެއް ހަރުކޮށްފި
ހއ. ފިއްލަދޫ ބޭރުގައި ހަރުކޮށްފައިވާ އޮއިވާލި ކަނދުފަތި ކަނޑައިގެން ދިއުމުގެ ސަބަބުން އާ ކަނދުފައްޗެއް ހަރުކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކަނދުފަތިވެސް ހަރުކޮށްފައިވަނީ ކަނޑައިގެން ދިޔަ ކަނދުފަތި އޮތް ސަރަހައްދުގައި އެވެ. ފިއްލަދޫއާއި ދިމާ ބޭރުގައި މަސްވެރިކަމަށް އަޅާފައި އޮންނަ ކަނދުފަތި އިއްޔެގެ ވަގުތެއްގައި އަލުން ހަރުކުރެވިގެން ދާނެ ކަމަށް، ކެލާ ދާއިރާގެ މަޖިލިސް މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވެސް ވަނީ ވިދާޅުވެފައެވެ. ”ފިއްލަދޫއާއި ދިމާ ބޭރުގައި މަސްވެރިކަމަށް އަޅާފ...