މިމަހުގެ ނިޔަލަށް އަހަރީ ރިޕޯޓު ހުށަނާޅާ ޓްރެވަލް އެޖެންސީތައް އުވާލަނީ
ރާއްޖޭގައި ހިންގާ ޓްރެވަލް އެޖެންސީތަކުން މި ހިނގާ ޖެނުއަރީ މަހުގެ ނިޔަލަށް، އެކުންފުނިތަކުގެ އަހަރީ ރިޕޯޓު ހުށަހެޅުމަށް އަންގައިފި އެވެ. ޓޫރިޒަމް މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި ދަތުރުރާވާ ހިންގުމާ ބެހޭ ޤަވާއިދު (ޓްރެވަލް އެޖެންސީ ހިންގުމާ ބެހޭ ގަވާއިދު)ގެ 8 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކުވެސް ކުންފުނީގެ އަހަރީ ރިޕޯޓެއް މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅަންޖެހޭކަމަށެވެ. މިއަހަރީ ރިޕޯޓު ހުށަނާޅައިފިނަމަ އެކުންފުންޏަކަށް ދޫކޮށްފައިވާ ހުއްދަ ބާޠިލުކުރެ...