ސިޔާސީ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލަށް ގެނެވުނީ ސަލާމުގެ ޗުއްޓީއަށް ގެނެވުނު ބަދަލެއް
ސިޔާސީ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލަށް ގެނެސްފައިވާ އާ ބަދަލަކީ ހަމައެކަނި މުވައްޒަފުންގެ ސަލާމުގެ ޗުއްޓީއަށް ގެނައި ބަދަލެއްކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ވިދާޅުވީ، ސިޔާސީ މުވައްޒަފުން ސަރުކާރާ ޚިޔާލު ތަފާތުވިޔަސް އެ ޚިޔާލު ފާޅު ނުކުރެވޭ ގޮތަށް، ސަރުކާރުގެ ނިންމުންތަކަށް ހުރުމަތްތެރިކޮށް ހިތުން މަޖުބޫރުކޮށް އާ އުސޫލެއް ހަދާފައިވާ ކަމަށް ދޭހަވާ ގޮތަށް މީޑއާތަކުން ގެނަސްދީފައިވާ ޚަބަރުތަކަކީ، އެ ޚަބަރު ގެނެސްދިން މީޑިއާތަކަށް އަރާފައިވާ އޮޅުމެއްކަން ފާހަގަކުރަށްވާ...