ހަނިމާދޫއަށް ހިތްފަސޭހަކަން، ޒަމާންވީ ބޮޑެތި ނިކަގަސްތަކުން!
ހަނިމާދޫއަކީ ނިކަގަހުގެ އާބާދީ ބޮޑު ރަށެކެވެ. އަތިރިމަތީ ސަރަހައްދާއި، ވަލުތެރެއާއި، އެއާރޕޯޓް ސަރަހައްދުގެ އިތުރުން މީހުން ދިރިއުޅޭ ސަރަހައްދު ތަކުގައި ގިނަ އަދަދެއްގެ ބޮޑެތި ނިކަގަސްތައް ހެދިފައި ހުރެއެވެ. އެގަސްތަކަކީ ހަނިމާދޫގެ ގިނަ ބަޔަކަށް ހިތްފަސޭހަކަން ގެނުވާ ގަސްތަކެކެވެ. މި ނިކަގަސްތައް ނުހުންނަ ހަނދާނެއް އަޅުގަނޑު ނުވެއެވެ. ވުމާއިއެކު މި ގަސްތަކުގެ އުމުރު އަންދާޒާ ކޮށްލުމަށް ދުވަސްވީ ބައެއް މީހުންނާއި ސުވާލުކޮށްލީމެވެ. “މި ބިޔަ ބޮޑެތި ނިކަގަސްތައް ނުހުންނަ ހަނދާނެއް އަޅުގަނޑު ނުވޭ، މި...