ސަރވޭ ދަތުރެއްގައި އިންޑިއަން ނޭވީ ޝިޕް "ދަރްޝަކް" ރާއްޖޭގެ އުތުރަށް
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އާއި އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާ ގުޅިގެން ފެށުމަށް ރޭވިފައިވާ، ރާއްޖޭގެ ނެވިގޭޝަން ޗާޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް އިންޑިއަން ނޭވީ ޝިޕް “ދަރްޝަކް”، މިއަދު ރާއްޖެ އަތުވެއްޖެއެވެ. އެމްއެންޑީއެފްއިންބުނީ މި ސަރވޭ ކުރުމަށް ހަމަޖެހިފައިވަނީ ފޭސްތަކަކަށް ބަހާލައިގެންނެކަމަށާއި، މި މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހދ. އަތޮޅުން ފެށިގެން ށ. އަތޮޅާ ހަމައަށްކަމަށެވެ. މި ސަރވޭގައި ހދ. ކުޅުދުއްފުށި އިން...