ޕޯޓޯއިން ޔުވެންޓަސް ބަލިކޮށްފި
ޔޫރަޕްގެ ކުލްބްތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި މުބާރާތް ކަމުގައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޕޯޗުގަލްގެ ޗެމްޕިއަން ޕޯޓޯއިން އިޓަލީގެ، ޗެމްޕިއަން ޔުވެންޓަސް ބަލި ކޮށްފިއެވެ. ފުރަތަމަ ލެގުގެ މި މެޗު ޕޯޓޯގެ އަމިއްލަ ދަނޑުގައި ކުޅެފައިވާއިރު އެ ޓީމުން މި މެޗު ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ މިނެޓުގައި ލަނޑުޖަހައި ޕޯޓޯއިން ވަނީ ލީޑުނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ އިރާން […]