ކޯވިޑް ބަލީގައި އިތުރު ދެމީހަކު ނިޔާވެއްޖެ
ރާއްޖެއިން ކޯވިޑް ބައްޔަށް ފަރުވާ ހޯދަމުންދިޔަ އިތުރު ދެ މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް-11ގައި ފަރުވާ ދެމުންދިޔަ އަންހެނަކާއި ފިރިހެނެކެވެ. މި އަންހެން މީހާ ނިޔާވެފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 1:04 ހާއިރުއެވެ. ނިޔާވި އަންހެން މި މީހާގެ އުމުރަކީ 63 އަހަރެވެ. މިއަދުގެ ހެނދުނުގެ ވަގުތެއްގައި ނިޔާވެފައި ފިރިހެން މީހާއަކީ ދިވެހިރާއްޖޭގެ ފިލްމީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ހަސަން މަނިކު (ކޮއްޔަ ހަސަން) އެވެ. ހަސަން ނިޔާވެފައި...