ހުރިހާ ނުރައްކަލަކުން ސަލާމަތްވާން އޮތް މަގަކީ ﷲ އަށް ބިރުވެތިވުމުގެ މަގު – ޚުތުބާ
ހުރިހާ ނުރައްކަލަކުން ސަލާމަތްވާން އޮތް މަގަކީ ﷲ އަށް ބިރުވެތިވުމުގެ މަގު ކަމުގައި މިއަދުގެ ޚުތުބާގައި ވިދާޅު ވެއްޖެއެވެ. މިއަދު ހަލުވިކަމާއި އެކު ފެތުރެމުންދާ ވަބާގެ ސަބަބުން އިންސާނުންނަށް ކުރަމުންދާ އެންމެހައި ނުރަނގަޅު އަސަރުތަކުން ސަލާމަތްވުން އޮތީ ސަބަބުތަކުގައި ހިފުމާއިއެކު ﷲ ގެ ރަހުމަތްފުޅުން ކަމަށާއި، މާޟީގައި ﷲ ގެ ނަބިއްޔުންނާއި ރަސޫލުންނަށް ވެސް މިފަދަ އެތަކެއް ހިތްދަތި ހާދިޘާތަކާއި ކުރިމަތިވި ކަމަށާއި، ނަމަވެސް އެ ބޭކަލުން ﷲ ގެ ރަހުމަތާއި އޯގާ ވަންތަކަމުން މާޔޫސްވެ ވަޑައިގަތުމެއްނެތި...