Quarterly Digital Edition

THILADHUN

Culture · Horizons · Long-Form Journalism

ބާރަށުން ނެގި ސާމްޕަލްތަކުގެ އަދަދު 216 އަށް!
Cover Story · Feature Essay

ބާރަށުން ނެގި ސާމްޕަލްތަކުގެ އަދަދު 216 އަށް!

ހއ. ބާރަށުން މިހާތަނަށް 22 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެރަށުން ރޭގެ ނިޔަލަށް 216 މީހެއްގެ ސާމްޕަލް ނަގައިފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ހާމަކުރެއްވި ގޮތުގައި، ކޯވިޑަށް ޓެސްޓް ކުރުމަށް ރޭގެ ނިޔަލަށް އެރަށުން ވަނީ 216 މީހެއްގެ ސާމްޕަލް ނަގާފައެވެ. ބާރަށުގައި އެކުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އެރަށުތެރެއިން އިތުރު މީހުން ބައްދަލުވެފައި ވުމުން، ޑައިރެކްޓް ކޮންޓެކްޓުންގެ […]

Selected Essays & Island Profiles

ބާރަށުން ނެގި ސާމްޕަލްތަކުގެ އަދަދު 216 އަށް!
Thiladhunmathi News

މުޅި ޕެސިފިކް ސަރަހައްދަށް ސުނާމީގެ އިންޒާރެއް
International

މުޅި ޕެސިފިކް ސަރަހައްދަށް ސުނާމީގެ އިންޒާރެއް

ނިއުޒީލެންޑް ކައިރީގައި އޮންނަ ކަރްމަޑެކް ރަށްތަކުގެ ކައިރިން ކަނޑުގެ ސަރަހައްދަށްއައި ބާރުގަދަ ބިންހެލުމަކާއި ގުޅިގެން މުޅި ޕެސިފިކް ސަރަހައްދަށް ސުނާމީގެ އިންޒާރު ނެރެފިއެވެ. ބައިނަލްއަގްވާމީ ނޫސް އޭޖެންސީތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ހުކުރު ދުވަހުގެ ހެނދުނު ނިއުޒީލެންޑް ކައިރީގައި އޮންނަ ކަރްމަޑެކް ރަށްތަކުގެ ކައިރިން ކަނޑުގެ ސަރަހައްދަށް ރިކްޓަރ މިންގަނޑުން 8.1 ގެ ބާރުގަދަ ބިންހެލުމެއް ވަނީ އައިސްފައެވެ. މުޅި ޕެސިފިކް ސަރަހައްދަށް ސުނާމީގެ އިންޒާރު ނެރުނީ އެ ނިއުޒީލެންޑް ސަރަހައްދަށް ކައިރި...

އެއްފަހަރާ 5 މީހުންނަށްވުރެ ގިނައިން އެއްވުން މަނާކޮށް، ފިޔަވަޅުތައް ހަރުކަށިކޮށްފި
Raajje

އެއްފަހަރާ 5 މީހުންނަށްވުރެ ގިނައިން އެއްވުން މަނާކޮށް، ފިޔަވަޅުތައް ހަރުކަށިކޮށްފި

ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ވަރުގަދަކޮށް، ބަދަލުގެނެސްފިއެވެ. އެބަދަލުތައް ގެނައިކަން އެޗްޕީއޭއިން ހާމަކުރަށްވާފައިވަނީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ރޭ އެ އެޖެންސީއިން އާންމު ކުރި އެންގުމެއްގަ އެވެ. މިއެންގުމުގައިވާގޮތުން އެ ފިޔަވަޅުތައް ވ...

ނުގަވާއިދުން ރާއްޖޭގައި މަސައްކަތްކުރާ 60 ފަންނާނުން ފޮނުވާލަން އަންގައިފި
Raajje

ނުގަވާއިދުން ރާއްޖޭގައި މަސައްކަތްކުރާ 60 ފަންނާނުން ފޮނުވާލަން އަންގައިފި

ދިވެހި ފަންނާނުންގެ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް ބައެއް ފަރާތްތަކުން ބިދޭސީން ލައްވާ ޤަވައިދާ ޚިލާފަށް މަސައްކަތްކުރުވަމުންދާ 60 ފަންނާނުން ފޮނުވާލަން މޯލްޑިވްސް އިމިގްރޭޝަން އިން އަންގައިފި އެވެ. އިމިގްރޭޝަން އިން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ ތަފާތު އެކިއެކި ހުއްދައިގެ ދަށުން ރާއްޖެ އެތެރެ ވުމަށްފަހު، އެ ފަރާތްތަކަށް ދީފައިވާ ހުއްދައިގެ ބޭރުން ބިދޭސީން މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާ އެއިދާރާއަށް ލިބެމުންދާކަމަށެވެވެ. މި ޝަކުވާގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ރިސޯރޓު...

ފުނަދޫގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި
Thiladhunmathi News

ފުނަދޫގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

ށ. ފުނަދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފިއެވެ. ހުސްވި ފެބްރުއަރީ މަހުގެ 16 އިން ފެށިގެން މި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގެ ކިލާސްތައް ކުރިއަށް ގެންގޮސްފައި ވަނީ އެރަށުގެ އެއާޕޯޓްގެ ދެކުނުން އޮންނަ ނިކަގަސް ބީޗް ސަރަޙައްދުގައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސް ދެއްވީ، ފާތިމަތު ނަޝްފާއެވެ. ފުނަދޫގެ ކަނބަލުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެރަށުގެ 33 ކަނބަލެއް […]

ކުޅުދުއްފުށީ ޓިވެޓް ސެންޓަރު ގާއިމުކޮށް، އަންނަ އަހަަރު ހިދުމަތްދިނުމަށް އަމާޒުހިފައިފި
Thiladhunmathi News

ކުޅުދުއްފުށީ ޓިވެޓް ސެންޓަރު ގާއިމުކޮށް، އަންނަ އަހަަރު ހިދުމަތްދިނުމަށް އަމާޒުހިފައިފި

ކުޅުދުއްފުށީ ސިޓީގައި ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ ”ސްޓޭޓް އޮފް ދަ އާޓް ޓިވެޓް ސެންޓަރ” ގާއިމުކޮށް، އަންނަ އަހަރު މެދުތެރޭ އެ ސެންޓަރުގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރް އޮފް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެއްޖެއެވެ. އެ މިނިސްޓްރީއިން މިހެން ވިދާޅުވީ، ރައީސް އިބްރާޙީމް މުޙައްމަދު މިއަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސްއަށް އިއްވެވި ރިޔާސީ ބަޔާނުގައި ހާމަކުރެއްވި ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމުކުރަން ނިންމާފައިވާ ސްޓޭޓް އޮފް...

ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 64 އަށް!
Raajje

ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 64 އަށް!

ހުއްޓުމެއްނެތި ފެތުރެމުންދާ ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެ، އެބަލީގައި ނިޔާވި މީހުންގެ ޖުމްލަ ޢަދަދު 64 އަށް އަރައިފިއެވެ. މިއަދު ނިޔާވެފައިވަނީ ޢުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ ބޮޑެތި ބަލިތަކަށް ފަރުވާދެމުން އައި މީހެކެވެ. އޭނާ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށެވެ. މި ބަލީގައި އިއްޔެ ވެސް ވަނީ މީހަކު ނިޔާވެފައެވެ. އެ ބަލީގައި އިއްޔެ ނިޔާވީ، ދިގުމުއްދަތަކަށް ސިފައިންގެ ބޭކަލެއްގެ ގޮތުގައި ޚިދުމަތް ކުރެއްވުމާއެކު، ދައ...

އައްޑޫއަށް އަސްތަކެއް: މިހާރު އެންމެން ދާން ބޭނުމީ އައްޑޫއަށް
Business

އައްޑޫއަށް އަސްތަކެއް: މިހާރު އެންމެން ދާން ބޭނުމީ އައްޑޫއަށް

މޯލްޑިވްސް ސްޓޭޓް ޝިޕިން އިން މިއަދު ކުރި ޓްވީޓަކާއެކު މުޅި ސޯޝަލް މީޑިއާ ގުގުމާލައިފިއެވެ. މި ޓްވީޓުގައި އެ ކުންފުނިން ވަނީ ފުރަތަމަ ފަހަރަށް ރާއްޖެއަށް ދިރިހުރި ޖަނަވާރު ޝިޕިން ކުރި ކަމުގެ އުފާވެރި ހަބަރު ދީފައެވެ. އެ ކުންފުނިން ގެނައީ އައްޑޫ ރައްޔިތަކުގެނައި އަސްތަކެކެވެ. އެމްއެސްއެސް އިން އައްޑޫއަށް ގެނައީ ކިތަށް އަސް ކަމެއްް އަދި ހާމަ ކޮށްފައި ނުވެއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މީގެކުރިން އައްޑުއަށް ފަސް […]

ބާރަށުން އިތުރު 9 މީހުން ޕޮޒިޓިވްވެއްޖެ
Thiladhunmathi News

ބާރަށުން އިތުރު 9 މީހުން ޕޮޒިޓިވްވެއްޖެ

ހއ. ބާރަށުން އިތުރު 9 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ އިއްޔެ ބާރަށުން ނެގި 158 ސާމްޕަލްގެ ތެރެއިން މިހާތަނަށް 9 މީހެއްގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެންކަމުން އެ ރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 22 އަށް އެރީއެވެ. ބާރަށުން ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އިތުރު މީހުން […]