5 އަހަރުވަންދެން މި ސަރުކާރު އޮންނާނެ ކަމެއް ނޭނގޭ: ޝިޔާމް
5 އަހަރުވަންދެން މި ސަރުކާރު އޮންނާނެކަން އެނގިވަޑައި ނުގަންނަވާ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. އިދިކޮޅު ކޯލިޝަންގެ މައިޕާޓީ، ޕީޕީއެމްގެ ނައިބުރައީސްކަން ވެސް ކުރަށްވާ ޝިޔާމް މިހެން ވިދާޅުވީ، އިދިކޮޅުން މިއަދު މާލޭ ސިޓީގައި ކުރާ އިހުތިޖާޖުގެ ތެރެއިން ”ޗެނަލް13” އަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަ ދައްކަވަމުންނެވެ. ޝިޔާމް ވިދާޅުވީ، އެ ކޯލިޝަނުން ކުރަމުންދާ މަސައްކަތަކީ ހުޅުމާލޭގައި ތަރައްގީ ކުރި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ލިބުނު މީހުންތެރެއިން އެތައް ބަޔެއްގ...