ސީއެސްސީ އާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފް ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފި
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފް ވާހަކަތައް ނުފެތުރުމަށް އެކޮމިޝަނުން އިލްތިމާސްކޮށްފި އެވެ. ދިޔަރެސް ނޫހުގައި 09 މާޗް 2021 ގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އެކްޓިން ޕީ.އެސް ސާމީ އަޤީލްއާއި ގުޅުވައި، ސިވިލް ސާވިސް ކޮމިޝަންއާއި ގުޅޭގޮތުން ލިޔެފައިވާ ވާހަކަ ތަކާއިގުޅޭގޮތުން ސީއެސްސީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެއީ ހަޤީޤަތާއި ޚިލާފް ވާހަކަތަކެއް ކަމުގައެވެ. ދިޔަރެސް ނޫހުން އާންމު ކޮށްފައިވާ މި ޚަބަރުގައި ބުނެފައިވަނީ ސާމީއަށް ތުހުމަތު ކުރެވޭ ގިނ...