އިންސާފްވެރި ނޫންކަމަށް ވިދާޅުވެ މަލީޙް ޖޭޕީއާއި ފެޔަށް!
ޖޭޕީގެ ސްލޮޓެއްގައި މިނިސްޓަރެއްގެ މަގާމުގައި ހުންނެވިއިރު، އިޚްލާޞްތެރިކަމާއެކު ޖޭޕީގެ އަޑުއިއްވައި ދީފައިވާނެ ކަމަށާއި، ނަމަވެސް ޖޭޕީގެ ތެރޭން ފެނުނީ އިންސާފެއް ނެތްތަން ކަމަށް ވިދާޅުވެ، ކުރީގެ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ޖުމްހޫރީ ޕާޓީ (ޖޭޕީ)އާއި ފެޔަށް ޖެހިވަޑައިގަތްކަން ޢިއުލާން ކުރަށްވައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މަލީޙް، އޭނާގެ އުފަން ސިޓީ ފުވައްމުލަކުގެ ޕީޕީއެމް ކެނޑިޑޭޓުންނަށް ތާއީދުކުރަށްވާކަން ހާމަކުރެއްވުމަށް އެ ކެނޑިޑޭޓުން...