ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ އެންމެ މޮޅު ދަރިވަރަކަށް ހޯރަފުށީ ޙަސަން އިރުޝާދު!
ޕޮލިސް އެކަޑަމީން ހިންގި 32 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހއ. ހޯރަފުށީ/ޖަޒީމާ، ޙަސަން އިރުޝާދު ހޮވިއްޖެއެވެ. މި ކޯހުގެ ދަސްވެނިވި ހިނގާލުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ރޭގައި ދ. ވާނީގައި އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް ފައްޔާޒް އިސްމާޢީލް އެވެ. ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް ޙަސަން އިރުޝާދުއެވެ. އިރުޝާދަކީ ހއ. […...