ތަޢުލީމާ ތަޖުރިބާ އަދި ހުނަރުވެރި ފަރާތްތަކަށް އިސްކަންދީގެން ވަޒީފާ ދިނުމަށް ބާރު ލިބޭ އިސްލާހެއް
އެކި ދާއިރާތަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ސިވިލް ސަރވިސްއަށް ވަދެވޭ ގޮތަށް ވަޒީފާއަށް ވަދެވޭ އުމުރު 55 ން 60 އަހަރަށް އިތުރުކުރުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ. ސިވިލް ސަރވިސްގެ ޤާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުން އުމުރުން 55 އަހަރުން ދޮށީ އުމުރުގެ ދިވެހިންނަށް ސިވިލް ސަރވިސްއަށް ވަނުމުގެ ޝަރުޠު ފުރިހަމަނުވެއެވެ. 13 މާއްދާ ހިމެނޭ ގޮތަށް ސިވިލް ސަރވިސްގެ ޤާނޫނަށް ގެންނަ ބަދަލުތަކުގެ ތެރޭގައި، […]