ހުރިހާކަމެއްގެ އަޑީގައި ތިބީ އިދިކޮޅު ކޯލިޝަނުން، ހައްޔަރުކުރޭ: ޝަހީމް
މިހާރު ހިނގަމުންދާ ކަންކަމުގެ އަޑީގައި ތިބީ އިދިކޮޅު ކޯލިޝަންކަމަށާއި، އެ ކޯލިޝަންގެ މެންބަރުން ހިފާ ހައްޔަރުކުރުމަށް ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ގޮވާލައިފި އެވެ. ޝަހީމް މިހެން ގޮވައިލީ، ރައްޔިތުންގެ މަޖިލިސްގެ މިއަދުގެ ޖަލްސާގައި، އުތުރު ތިލަފަޅު (ޔޫޓީއެފް) ގުޅޭ އެއްބަސްވުމެއްކަމަށް ބުނެ ޑޮކިއުމަންޓްތަކެއް ލީކްކޮށްލި މައްސަލައާއި ގުޅިގެން އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ....