އެތުލެޓިކޯ އެއްވަރުވިއިރު، ރެއާލް މޮޅުވެއްޖެ
ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު އޮތް އެތުލެޓިކޯ މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނުއިރު، ވާދަވެރި ރެއާލް މެޑްރިޑް އެ ޓީމް ކުޅުނު މެޗުން މޮޅުވެއްޖެއެވެ. ހޮނހިރު ދުވަހުގެ ރޭ އެތުލެޓިކޯ މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗު އެއްވަރު ވެފައިވަނީ 0-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ގެޓާފޭގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް މި މެޗުގައި އެ ޓީމަށް މައްސަލަ ކުރިމަތިވީ ދެވަނަ ހާފުގެ 70 […]