ޖޭއެސްސީގެ ނައިބަކަށް ފަނޑިޔާރު ޝަހީދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްކަމުގެ މަގާމަށް މިއަދު އިންތިހާބުކޮށްފިއެވެ. ޖޭއެސްސީން މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އެ މަގާމަށް ޝަހީދު އިންތިހާބުކުރިކަން ރަސްމީކޮށް އިއުލާންކޮށް، އޭނާ އަށް މަރުޙަބާ ކިޔާފައެވެ. ފަނޑިޔާރު ޙުސައިން ޝަހީދަކީ ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލްކުރައްވާ ފަނޑިޔާރެވެ. އޭނާ ޖޭއެސްސީގެ މެންބަރުކަމަށް އައްޔަނުކުރައްވާފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 7 ވަނަ ދުވަހުއެވެ. ޙުސައިން ޝަހީދަކީ ކުރިން ހައިކ...