''ރާއްޖެއަށް ލިބުނު ގޮނޑިއަކީ ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ހައްގުގައި ވަކާލާތު ކުރުމަށް ލިބުނު ވަރުގަދަ ޕްލެޓްފޯމެއް''
އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) ގެ މެންބަރަކަށް ރާއްޖެ ވީތާ 60 އަހަރުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އދ.ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސް (އީކޯސޮކް) ގެ މެންބަރުކަމަށް ރާއްޖެ އިންތިޚާބުވެފައިވާއިރު، އީކޯސޮކްގައި ރާއްޖެއަށް ލިބުނު ގޮނޑިއަކީ ކުދި ޖަޒީރާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ހައްގުގައި ވަކާލާތު ކުރުމަށް ލިބުނު ވަރުގަދަ ޕްލެޓްފޯމެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މި ތާރީޚީ ކާމިޔާބީއާ ގުޅިގެން ރައީސް ޑރ.މުޢިއްޒު މީސްމީޑިއާގައި ކު...