ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނަށް 50 ރަށަކަށް ނިސްބަތްވާ 77 ޒުވާނުން
ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ބެޗުގެ އަސާސީ ތަމްރީނު ފުރިހަމަކުރި 77 ޒުވާނަކު، އެ ޕްރޮގްރާމްގެ ފަންނީ ތަމްރީނުތައް ފެށުމަށްޓަކައި މިއަދު ފުރައިފިއެވެ. މި ޒުވާނުން ފުރާފައިވަނީ ބ. ކިހާދޫގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފްގެ ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް އަށެވެ. މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ތަމްރީނުގައި ބައިވެރިވަނީ ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ، އުމު...