ހަމަލާދޭ ވީޑިއޯ ދައްކައި، ހައްޔަރުކުރި ދެ މީހުންގެ ފޮޓޯ އާންމުކޮށްފި
ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާގެ ވީޑިއޯ ދައްކައި އެ ހަމަލާއާއި ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ފޮޓޯ އާންމުކޮށްފިއެވެ. ހަމަލާދޭ ވީޑިއޯ އިން ފެންނަ ގޮތުގައި ޑިވައިސް ގޮއްވާލަނީ ރައީސް ނަޝީދު ހިންގަވާފައި ވަޑައިގެން، އެ ޑިވައިސްއާއި އަރާ ހަމަވުމުންނެވެ. އެ ގޮވުމުން އުފެދުނު ދުމުގެ ސަބަބުން ރައީސް ނަޝީދު ނުވެސް ފެނެއެވެ. އެ ޑިވައިސް ގޮއްވާލިކަމަށް ތުހުމަތު ކުރެވޭ މީހެއްގެ […]