ރައީސް ނަޝީދުގެ ސެކިއުރިޓީ ފޫއަޅުވާލި ގޮތުގެ ތަހުގީގެއް 241 ކޮމިޓީން ފަށައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ފޫއަޅުވާލި (ބްރީޗްވި) ގޮތުގެ ތަހްގީގެއްކުރުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން (241 ކޮމިޓީ) ނިންމައިފި އެވެ. އެ ކޮމިޓީން ރޭ ބޭއްވި ސިއްރު ބައްދަލުވުމަށްފަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސަލާމަތީ ހިދުމަތްތަކުން ރައްކާތެރިކަން ދެމުން ދަނިކޮށް، އެ ރައްކާތެރިކަން ބްރީޗްވި ގޮތުގެ އިންކުއަރީއެއް ހަދަން...