ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހައްޖުގެ އަޅުކަަން ކުރިއަށް ގެންދަން ނިންމައިފި
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލަހުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އިން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް ކަނޑައަޅައި، މިއަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށް ގެންދިއުމަށް ސައުދީ އަރަބިއްޔާއިން ނިންމައިފިއެވެ. ހައްޖުގެ އަޅުކަން ކުރިއަށް ގެންދާނީ ސިއްހީ ގޮތުންނާއި ސަލާމަތީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައިގެން ކަމަށާއި ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތައް ކަމަށްހައްޖާއި އުމްރާގެ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި ހައްޖުގެ...