ބިހުރޯޒް މިސްކިތް ތެރޭގައި ގޮތްނޭނގޭ ފޮއްޓެއް އޮތްކަމުގެ ރިޕޯޓް ލިބިގެން ސިފައިން ހަރަކާތްތެރިވެއްޖެ
ބިހުރޯޒް މިސްކިތް ތެރޭގައި ގޮތްނޭނގޭ އެއްޗެއް އޮތްކަމުގެ ރިޕޯޓް ލިބިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަރަކާތްތެރިވެއްޖެ އެވެ. އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖާ ޖެނެރަލް އިބްރާހިމް އާޒިމް ވިދާޅުވީ ބިހުރޯޒް މިސްކިތް ތެރޭގައި ގޮތްނޭނގޭ އެއްޗެއް އޮތްކަމުގެ ރިޕޯޓް ލިބިގެން، ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން އެތަން އެމްއެންޑީއެފުން ބަލައި ފާސްކޮށް، ކްލިއަރކޮށްފައިވާކަމަށެވެ. މިތަން ބަލައި ފާސްކުރުމުގައި އެތަނުން ނުރައްކާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައިނުވާކަމަށް އެމްއެން...