ރާއްޖެއިން އިތުރު 1501 މީހަަކު ޕޮޒިޓިވްވެއްޖެ
ރާއްޖެއިން އިތުރު 1501 މީހަަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި މިއަދު އިތުރަށް ޕޮޒިޓިވްވިކަމަށް ނަތީޖާ ލިބުނު މީހުންގެ ތެރެއިން 1229 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. 267 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން 7 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިދިޔަ ސައުވީސް ގަޑިއިރުތެރޭ ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވީ 662 ސާމްޕަލެވެ. ބާކީ ސާމްޕަލް ތަކަކީ މީގެ ދެތިން ހަތަރު ދުވަސްކުރިން ނެގި ސާމްޕަލްތަކެވެ...