ފުނަދޫ މޮނިޓަރިން ހާލަތުން ނަގައިފި
ށ. ފުނަދޫގެ ކޯވިޑްގެ ހާލަތު ވަޒަން ކުރުމަށް ނެގި ހުރިހާ ރެންޑަމް ސާމްޕަލެއް ނެގެޓިވްވުމުން އެރަށް މޮނިޓަރިން ހާލަތުން މިރޭ ވީއްލައިފިއެވެ. ފުނަދޫ މޮނިޓަރިން ހާލަތަށް ގެނައީ، އެރަށު ބޯޅަ ދަނޑުގެ މަސައްކަތްކުރަން އެރަށަށް ގޮސްތިބި ބިދޭސީންގެ ތެރެއިން ދެ މީހަކު މެއި 7 ވަނަ ދުވަހު ޕޮޒިޓިވްވުމުން އެރޭ 23:04 ގައެވެ. ޕޮޒިޓިވްވި ބިދޭސީންނަކީ ކަރަންޓީނު މުއަދަތު ހަމަކޮށް ނެގި ރިލީޒް ސާމްޕަލުން ޕޮޒިޓިވްވި ބައެއް ނަމަވެސް، އެރަށް މޮނިޓަރިންނަށްލީ ޕޮޒިޓިވްވި މީހުން ކަރަންޓީނު އުސޫލާ […]