ޗެލްސީ ބަލިކޮށް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ލެސްޓާ ހޯދައިފި
އިނގިރޭސި އެފްއޭ ކަޕް ފައިނަލް މެޗުގައި 1-0 ގެ ނަތީޖާއިން ވަރުގަދަ ޗެލްސީ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ލެސްޓާ ސިޓީން ހޯދައިފިއެވެ. ކޯވިޑް ބަލިމަޑުކަމުގެ ސަބަބުން ދަނޑުތަކަށް ސަޕޯޓަރުން ވެއްދުން މެދުކަނޑާލާފައި އޮތްނަމަވެސް މި މެޗަށް އިނގިރޭސި އެފްއޭއިން ވަނީ 21000 ސަޕޯޓަރުންނަށް ފުރުޞަތު ދީފައެވެ. މި މެޗުން ޗެލްސީ ލެސްޓާއަތުން ބަލިވެފައިވާއިރު ފާއިތުވި ސީޒަންގެ އެފްއޭކަޕް ފައިނަލް މެޗުގައި ޗެލްސީ ބަލިވެފައިވަނީ އާސެނަލް އަތުންނެވެ. މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައި...