ޤަޟާ ޤަދަރަށް އީމާން ވުމަށް ދަރިން އަހުލުވެރިކުރުވާށެވެ.
ޤަޟާ-ޤަދަރަށް އީމާންވުމަށް ދަރިންނަށް ނަސޭޙަތް ދިނުމަކީ އަދުގެ މުޖުތަމަޢަށް ދަރިން ނުކުތުމުގެ ކުރިން މައިންބަފައިން އެކުދިންނަށް ކޮންމެހެންވެސް ދޭން ޖެހޭ ނަސޭޙަތްތަކެކެވެ. މިމަޢުޟޫއަކީ އަދުގެ ޒުވާނުން ދީނާ ދުރަށްދާ ވަރަށް ބޮޑު އެއް ސަބަބެވެ. މިހެން ދިމާވަނީ ޤަޟާޤަދަރާ ބެހޭ މަޢުލޫމާތު ލިބިފައި ނެތުމާއެކު، އަމިއްލަ ސިކުންޑިން ވިސްނޭއެއްޗަކަށް ބިނާކޮށް ނުވަތަ އިންޓަރނެޓުން ފެންނަ ތަކެތިން ހިތުގައި ޤަޟާ-ޤަދަރާ ބެހޭގޮތުން އެކިއެކި ޝުބުހާތައް އެފެދުމުންނެވެ. ރަނގަޅު ނޫން ކަމެއްކަމުގައި އެކުދިންނަށް ހީ...