ސްކޫލް ބަންދާ ދިމާކޮށް އިންޑިއާގެ 2 މަންޒިލަކަށް މޯލްޑިވިއަންގެ ދަތުރުތަކެއް
ސްކޫލް ބަންދާ ދިމާކޮށް ގައުމީ އެއާލައިން މޯލްޑިވިއަންއިން އިންޑިއާގެ ދެ މަންޒިލަކަށް ދަތުރުތަކެއް ރާވައިފިއެވެ. މޯލްޑިވިއަންއިން ބުނީ އެ ދަތުރުތައް ތާވަލުކޮށްފައިވަނީ ޖޫން މަހުގެ 24ވަނަ ދުވަހު ކަމަށެވެ. އެގޮތުން ދަތުރު ކުރާ މަންޒިލްތަކަކީ އިންޑިއާގެ ޓްރިވެންޑްރަމްއާއިކޮޗިންއެވެ. މި ފްލައިޓުން ޓިކެޓް ނަގަން ބޭނުންވާ މީހުންނަށް މޯލްޑިވިއަންގެ އީމެއިލް cc@iasl.aero އަށް މެއިލް ފޮނުވައިގެން ނުވަތަ ވައިބާ މޯލްޑިވިއަންގެ މޮބައިލްއެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ބުކް ކުރެވޭނެއެވެ. https://twitter.com/M...