ކަރަންޓީނު އުސޫލާއި ހިލާފްވުމުން މިލަންދޫ މީހަކަށް ބޮޑު ޖޫރިމަނާއެއް
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ކަރަންޓީނު އުސޫލާއި ޚިލާފްވި ށ. މިލަންދޫ މީހަކު 10 ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ. މިލަންދޫ ކައުންސިލްގެ ރައީސް އަބުދުﷲ އާތިފް “ތިލަދުން”އަށް ވިދާޅުވީ، ކޯވިޑަށް ޕޮޒިޓިވްވެގެން ހޯމް ކަރަންޓީނުކޮށްފައި ހުރި އެރަށު މީހަކު އެޗްޕީއޭގެ އުސޫލާއި ޚިލާފަށް އަަމަލުކޮށްފައިވާތީ، ފުލުހުން އެމީހާ ޖޫރިމަނާ ކޮށްފަ ވާކަމަށެވެ. “މިރަށުގައި ކަރަންޓީނުގައި މީހުން ކަރަންޓީނު އުސޫލާއެއްގޮތަށް އަމަލުތައް ބަހައްޓާތޯ ފުލުހުން ބައްލަވަމުން ގެންދަވާ، މިގޮތަށް ރަށުތެރެ ޕެޓްރޯ...