ލިވަޕޫލް މޮޅުވެ ގަދަހަތަރަކަށް، ވާދަވެރިކަން ބޮޑުވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަދުވަހުގެ ރޭ ލިވަޕޫލާއި ބާންލީ ބައްދަލުކުރި މެޗު ލިވަޕޫލް ކާމިޔާބު ކުރުމާއިއެކު ލީގުގެ ގަދަ ހަތަރެއްގެ ފަހު ދެ ޖާގައަށް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ތިން ޓީމްގެ މެދުގައި ވާދަވެރިކަން ބޮޑުވެއްޖެއެވެ. މި މެޗު ލިވަޕޫލް ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މިވަގުތު ގަދަ ހަތަރެއްގެ ޖާގަ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށާއި އަދި ދެވަނާގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ކަށަވަރު ވެފައިވާއިރު ފަހު ދެ ޖާގައަށް ޗެލްސީ އަދި ލިވަޕޫލްގެ […]