ރައީސްގެ ދެކަނބަލުން ކުމުންދޫ ވެހިސަރާ ނޭޗާ ޕާކްގައި ނަގާފައިވާ ހިތްގައިމު ފޮޓޯއަށް ގިނަބައެއްގެ ސަމާލުކަން
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު އުތުރުގެ ތިން ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގެތެރެއިން ހދ. ކުމުންދޫއަށް ވަޑައިގެން އެ ރަށު ކަނޑޫފަލުގައި ތަރައްޤީ ކޮށްފައިވާ “ވެހިސަރާ ނޭޗާ ޕާކް” އަށް ޒިޔާރަތް ކުރައްވައި އެތަނުގެ ފެންގަނޑު މެދުގައި ހެދިފައިވާ ބްރިޖުމަތީ ނަގާފައިވާ ހިތްގައިމު ފޮޓޯއަށް ގިނަބައެއްގެ ސަމާލުކަން ލިބިއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ 17 ޖުލައި 2021 ވީ ހޮނިހިރު ދުވަހު ކުމުންދޫއަށް ވަޑައިގެން އެ ރަށު ކަނޑޫފަލަށް ޒިޔާރަތް ކުރައްވައި އެތަނުގެ ހާލަތު ބަ...