ހަނިމާދޫއާއި ނޮޅިވަރަންފަރުގައި ހުރި ހައުސިން ޔުނިޓްތައް ނިންމުމަން ހަވާލުކޮށްފި
ހދ. ހަނިމާދޫއާއި އެ އަތޮޅު ނޮޅިވަރަންފަރުގައި އިމާރާތްކުރަން ފަށާފައިވާ ހައުސިން ޔުނިޓްތައް ނިންމުމަށް މިއަދު ދެ ކުންފުންޏަކަށް ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓަކްޗަރގައި މިއަދު މި މަސައްކަތް ހަވާލުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހަނިމާދޫގައި އިމާރާތްކުރަން ފަށާފައިވާ 52 ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތާއި އަދި އެ ރަށުގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 48 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިންމުމަށް ދޮންބެޒް ޕްރައިވެޓް ލިމިޓެޑާއި...