ރައީސް ކޭއާރްއެޗްއަށް ޒިޔާރަތް ކުރަށްވާ ހާލަތު ބައްލަވާލައްވައިފި
ދިވެހި ރާއްޖޭގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އަށް ޒިޔާރަތް ކުރަށްވާ އެތަނުގެ ހާލަތު ބައްލަވާލައްވައިފި އެވެ. ރައީސް ކޭއާރްއެޗަށް ޒިޔާރަތް ކުރެއްވީ މިހާރު އެމަނިކުފާނާއި އަނބިކަނބަލުން ތިލަދުންމަތީގެ 3 ރަށަކަށް ކުރަށްވަމުން ގެންދަވާ ދަތުރު ފުޅުގެތެރެއިން ކުޅުދުއްފުށި ސިޓީއަށް މިއަދު ވަޑައިގެންފައެވެ. ކޭއާރްއެޗްއަށް ކުރެއްވި މިޒިޔާރަތުގައި ރައީސް ވަނީ އެ ހޮސްޕިޓަލުގެ އިސް ވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ވަނީ މިހާރު އެ ހޮސްޕ...