އިހަވަންދޫން ޑޮކްޓަރަށް ދެއްކި 2 މީހަކު ޕޮޒިޓިވްވެއްޖެ
ހއ. އިހަވަންދޫގައި ބަލީގެ އަލާމަތް ހުރެގެން ޑޯކްޓަރަށް ދެއްކި 2 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. އިހަވަންދޫ އައިމިނާދިއޯ ސިއްޙީމަރުކަޒުން ވިދާޅުވި ގޮތުގައި އިއްޔެ އެރަށުން ޕޮޒިޓިވްވެފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު ފުލޫ އަލާމާތްތަކާއިއެކު އެ މަރުކަޒަށް ޑޮކްޓަރަށް ދެއްކި 11 އަހަރުގެ ކުއްޖަކާއި 44 އަހަރުގެ އަންހެނެކެވެ. އެރަށުން އިތުރު ކޭސްތައް ޕޮޒިޓިވް ވަމުންދާތީ، ޑޮކްޓަރަށް ދެއްކުން ފަދަ އެންމެހާ ޚިދުމަތްތައް ހޯދުމުގެ ކުރިން އެ މަރުކަޒުގެ ނަންބަރު 6500501 އަށް ގުޅުމަށްފަހު ދެއްވާ […]